ރިޒާވް ހުސްވެ ރާއްޖޭގެ ރައްޔިތުން ބަނޑަށް ޖެހިދާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ބިރުވެރިކަން އުފައްދަމުން ދަނިކޮށް އެކަމަށް ރައީސް އޮފީހުގެ ޑެޕިއުޓީ އަންޑަރ ސެކްރެޓަރީ އިބްރާހިމް އަބާން އަބްދުލް ލަތީފު ރައްދު ދެއްވައިފިއެވެ.

އަބާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރާއްޖޭގެ ޔޫޒަބްލް ރިޒާވްގައި ޖުލައި މަހުގެ ނިޔަލަށް 45 މިލިއަން ޑޮލަރު ހުރިއިރު، އޭގެ އިތުރަށް ސޮވަރިން ޑެވެލޮޕްމަންޓް ފަންޑްގައި 65 މިލިއަން ޑޮލަރު އެބަހުރި ކަމަށެވެ. އެހެންކަމުން އަބާން ވިދާޅުވެފައި ވަނީ މިއީ ހާސްވާން ޖެހޭ ހާލަތެއް ނޫންކަމަށާއި އެމަޖެންސީ ހާލަތުގައި ބޭނުންކުރުމަށް 110 މިލިއަން ޑޮލަރު އެބަހުރި ކަމަށެވެ.

އަބާން މިގޮތަށް ވިދާޅުވިއިރު ރާއްޖޭގެ މާލީ ހާލަތު ރަނގަޅު ވާނެ ކަމަށް މާލީ ވަޒީރު ވެސް ވަނީ ވިދާޅުވެފައެވެ.