ހޮޓާ ކެފޭ, ރެސްޓޯރެންޓު ތަކުން ހެދިކާ ކެއުމުގެ ކުރިން އެ ހެދިކާ ހަދާފަހުރީ ކޮން ކަހަލަ މަހެއްގަތޯ ބަދިގެތެރެއަށްވަދެ މިހާރު ބަލަން ޖެހިފައިވާ ކަމަށް އަލީ ރަމީޒު ވިދާޅުވެއްޖެއެވެ.
އަލީ މިހެން ވިދާޅުވީ ރާއްޖޭގައި އުޅޭ ބިދޭސީއަކުން ބުޅާ މަހުން ސަބްމެރިން އަދި ބާގަރ ހަދާކަމުގެ ތުހުމަތު ކުރެވިގެން އިދާރާތަކުން އެ މައްސަލަ ބަލަމުންދާތީއެވެ.
ރާއްޖޭގައި ނުގަވާއިދުން އުޅޭ ބިދޭސީންގެ މައްސަލަ ވަރަށް ބޮޑެވެ. އެހެން ނަމަވެސް ރައީސް ޑރ.މުއިއްޒުގެ ސަރުކާރުން މިހާރު ވަނީ އެ މައްސަލަ ހައްލުކުރަން ފަށާފައެވެ.