އެމްޑީޕީގެ ރައީސް އަދި ދިވެހިރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރު ޝާހިދު އިށީންނަވަން ހާއްސަކޮށް އެމްޑީޕީގެ ޤައުމީ ހިންގާ ކޮމިޓީގައި ހުންނަ ގޮނޑިކޮޅު އެ ޕާޓީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢިލް ހިސާރުކޮށްފިއެވެ.
މިއަދު އޮތް އެޕާޓީގެ ޤައުމީ ހިންގާ ކޮމިޓީގެ ބައްދަލުވުމުގައި ބައްދަލުވުން ޗެއަރކޮށްފައިވަނީ ފައްޔާޒެވެ.
މިކަމާގުޅިގެން ޝާހިދު ހުންނެވީ ވަރަށް ބޮޑަށް ކޯފާވެފައެވެ. މައުލޫމާަތު ލިބޭގޮތުގައި ޗެއަރޕާސަން ކިޔާތީ އެ ގޮނޑީގައި ހުންނަންޖެހޭނީ ފައްޔާޒުކަމަށް ފައްޔާޒަށް ވަނީ ގަބޫލުކުރެވިފައެވެ. އެހެން ނަމަވެސް އާންމު އުސޫލަކީ ޕާޓީގެ އެންމެ އިސް ފަރާތަކީ ޕާޓީގެ ރައީސް ކަމުން އެ ގޮނޑީގައި އިށީންނަވަން ޖެހޭނީ ޝާހިދެވެ.