އެއްޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި މީގެ ކުރިން ވެސް ތުހުމަތުކުރެވުނު ޕީޖީ އޮފީހުގެ ވަކީލު އަހުމަދު ޝަފީއު އެ އޮފީހުގެ ފިރިހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ދައުލަތުން ދައުވާކުރާ މައްސަލަތަކުގެ ތެރެއިން ބޮޑެތި މައްސަލަތަކުގައި ދައުލަތް ތަމްސީލް ކުރާ ވަކީލުންގެ ތެރޭގައި ޝަފީއު އެއްޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުންގެ ސަމާލު ކަމަށް އައިސްގެން ފުލުހުން ވަނީ ބަލާފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިފަހަރު ޝަފީއުގެ މައްސަލަ ބަލަމުން ގެންދަނީ ޕީޖީ އޮފީހުގެ އިންޓާނަލް ކޮމިޓީއަކުންނެވެ. އެ ކޮމިޓީން ބަލަމުން ގެންދަނީ ޕީޖީ އޮފީހުގެ ފިރިހެން ޕްރޮސެކިއުޓަރެއްގެ ފަޓްލޫނުގެ ފަހަތު ޖީބަށް ޝަފީއު އަތް ކޮއްޕާލައި ހާދަ ރީއްޗޭ ކިޔައި ކޮމެންޓްކުރި މައްސަލައެއްގައި ކަމަށް ވެއެވެ.

ޝަފީއު އޮފީހުގައި މިފަދަ އަމަލެއް ހިންގިމަށް ތުހުމަތުކުރެވޭ އިރު މީގެ ކުރިން އޭނާ އެއްޖިންސުން ގުޅުން ހިންގައިގެން ވެސް ތުހުމަތުތަކެއް ކުރެވުނެވެ. ނަމަވެސް އެ ތުހުމަތުތައް ޝަފީއު ވަނީ ދޮގު ކުރައްވާފައެވެ.