ޗައިނާގެ ބެއިޖިންގގައި މިހާރު ކުރިއަށްދާ 2024 އިންޓަރ-ރީޖަނަލް ސެމިނަރ އޮން ދަ އެޗީވްމަންޓް އޮފް ދަ ސަސްޓައިނަބަލް ޑިވެލޮޕްމަންޓް ގޯލްސް ފޯރ ޑިވެލޮޕިންގ ކަންޓްރީސްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުﷲ މިއަދު އިނގިރޭސި ބަހުން ދެއްވި ޚިތޯބަށް ގިނަ ބަޔަކު ތައުރީފުކުރަމުން އެބަގެންދެއެވެ.
އެގޮތުން ސޯޝަލް މީޑިޔާގައި މީގެ ކުރިން އަބްދުއްރަޙީމްގެ ތައުލީމީ ފެންވަރާއި ގުޅޭގޮތުން އެކި ވާހަކަތައް ދެއްކި ފަރާތްތަކުން ދައްކަމުން ދިޔަ ވާހަކަތަކަށް ނިމުމެއ އައިސް އަބްދުއްރަޙީމް އަކީ ކޮލިޓީ ލީޑަރެއް ކަން މިވަނީ ހާމަވެގެން ގޮސްފައެވެ.
ޗައިނާގައި އަބްދުއްރަޙީމް ދެއްވި ޚިތޯބުގައި އިނގިރޭސި ބަހުގެ އިތުރުން ޗައިނާގެ ބަހުން ވެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ.
އަބްދުއްރަޙީމް އަކީ ވަރަށް ބޮޑަށް ޢިލްމީ ދިޜާސާތަކަށް ވެސް ޝައުޤުވެރިވެވަޑައިގަންނަވާ ބޭފުޅެކެވެ. އެގޮތުން ރާއްޖެ ތަރައްގީވަމުން އަންނަ ސްޕީޑުން، ގައުމުގެ ކުރިއެރުމާއި ތަރައްގީއަށް އިލްމީ ދިރާސާތަކުން ހައްލުތައް ހޯދުން މުހިއްމު ކަމަށް ވެސް އެމަނިކުފާނު ވަނީ ވަރަށް ފަހުން ވިދާޅުވެފައެވެ.