އިޔާޒުއަށް ސައުދީ އަރަބިއްޔާއިން ދެމުންއައި އެލެވެންސް ކަނޑާލުމުން، އެކަމުގެ ރުޅީގައި ސައުދީ ސަފީރަށް ޖެއްސުންކުރަން، ރާއްޖޭގައި ހުންނަ ސައުދީ ސަފީރުގެ ގެކޮޅުކައިރިއަށް ގޮސް ހަމަނުޖެހުން އުފައްދަން އުޅުނު މައްސަލާގައި ހައްޔަރުކޮށްފައިވާ، އަދާލަތު ޕާޓީގެ އެކްޓިވިސްޓް ޑރ.އިޔާޒު އަބްދުއްލަތީފުގެ އަންހެނުން ޝާދިޔާ ދޫކޮށްލަން އިދިކޮޅު އެމްޑީޕީން ގޮވާލައިފިއެވެ.
ސައުދީ އަރަބިއްޔާއިން އެ ޤައުމުން ދީނީ ތައުލީމު ހާސިލުކުރާ ފަރާތްތަކަށް، އެމީހުންގެ އަމިއްލަ ޤައުމުގައި ދީން ކުރިއެރުވުމުގެ މަސައްކަތް ކުރަން މަހަކު1200 ޑޮލަރުދެއެވެ. އިޔާޒަކީވެސް ކުރިން އެ ފައިސާ ލިބުނު ފަރާތެކެވެ. އެހެން ނަމަވެސް، އިޔާޒު މާބޮޑަށް ސިޔާސީވެ ދީނީ އިލްމުފެތުރުމުގެ ބަދަލުގައި އަބަދާއި އަބަދު ރައީސް ސޯލިހުގެ ސަރުކާރު ދިފާއު ކުރުމާއި އެމްޑީޕީ ކުރިއެރުވުމުގެ މަސައްކަތުގައި އުޅޭތީ ސައުދީ ސަރުކާރުން ވަނީ އެ އެލެވެންސް ކަނޑާލާފައެވެ.
އެކަމާއި ގުޅިގެން ފަލަސްތީނުގެ ހައްޤުގައި ކަމަށްބުނެ އިޔާޒުގެ އަންހެނުން ޝާދިޔާ، ސައުދީ ސަފީރުގެ ގެކޮޅު ކައިރިއަށް ފޮނުވާ، ސަފީރަށް ޖެއްސުންކޮށް، އެ ގެކޮޅުތެރެއަށް ތަކެތި އުކުން ފަދަ އެތައް ކަމެއް އިޔާޒު ވަނީ ކުރުވާފައެވެ.
އެކަމާ ގުޅިގެނއ ތަކުރާރުކޮށް ނަސޭހަތް ދިނުމުންވެސް ޝާދިޔާއެކަން ނުހުއްޓުމުން ފުލުހުން ވަނީ ކޯޓުއަމުރެއްގެ ދަށުން ޝާދިޔާ ހައްޔަރުކޮށްފައެވެ.