ދައުލަތުގެ ރިޒާވް ހުސްވެއްޖެ ކަމަށް ބުނެ އެމްޑީޕީން ހިންގާ ނޫހެއް ކަމަށްވާ އަދަދު ނޫހުން ފަތުރަނީ ދޮގު ހަބަރެކެވެ.

ރިޒާވް ހުސްވެއްޖެކަމަށް ބުނެ އެ ނޫހުން ފަތުރަނީ ދޮގެއްކަމަށް މަރުކަޒީ ބޭންކުންވެސް ވަނީ ކަށަވަރުކޮށްދީފައެވެ.

އެ ނޫހަކީ މީގެ ކުރިންވެސް ތަކުރާރުކޮށް މިފަދަ ދޮގު ހަބަރު ފަތުރާފައިވާ ނޫހެކެވެ. އެ ނޫހުގެ އިސް ފަރާތްތަކުން ރުޅިއައިސްގެ އުޅެނީ އެ ފަރާތްތަކުން ހިންގާ ލޯފާމަކަށް ކުރީ ސަރުކާރުން ދީފައިވާ ރީޓެއިނަރތައް ކަނޑާލުމާ ގުޅިގެންނެވެ. އަދަދު ނޫސް ހިންގަމުން އައީ އެ ރީޓެއިނާތަކުން ލިބުނު ފައިސާއިންނާއި ބޮޑެތި ކުށްވެރިން ތަމްސީލުކޮށްދީގެން އެމީހުންގެ ފަރާތުން ލިބޭ ކަޅު ފައިސާއިންނެވެ.