ހުރަވީ ގޯޅިތެރޭ ޤަވާއިދާ ހިލާފަށް ގެސްޓް ހައުސް ވިޔަފާރިކުރަމުން ދިޔަކަން ފަޅާއަރައިފިއެވެ.

މިކަން ފަޅާއަރާފައިވަނީ މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދިޔަ އިންސްޕެކްށަނެއްގައެވެ. އެތަނުގައި އެނާޖީ ޑްރިންކާއި ސިނގިރޭޓު ފަދަތަކެތި ގަވާއިދާ ހިލާފަށް ވިއްކަމުން ދިޔަކަމަށް ސިޓީ ކައުންސިލުން ބުނެފައިވެއެވެ.

އަދި މާލެ ސިޓީ ކައުންސިލުން ވަނީ މި މައްސަލަ މިހާރު އިމިގްރޭޝަނަށް ރިޕޯޓުކޮށްފައެވެ.