ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިން ސީސީސީއަށް ފިޗުން ބަދަލުކުރުމުން އިދިކޮޅު އެމްޑީޕީން އުފާފާޅުކުރަމުންއެބަދެއެވެ.

މިގޮތުން އެޕާޓީގެ އިސްފަރާތްތަކުން ދަނީ އެއީ އެ ފަރާތްތަކަށް ލިބުނު މޮޅެއްގޮތަށް ހީވާހެން ޓުވީޓުކުރަމުންނެވެ. އަދި އެކަމުގެ އުފާފާޅުކުރަން މިރޭ ޖަގަހަ ޖަލްސާއެއް ބާއްވަންވެސް އެޕާޓީން ނިންމިއެވެ. ނަމަވެސް އެތަނަށް ދާނެ ބަޔަކު ނުވުމުގެ ސަބަބުން އެ ޖަލްސާވަނީ ކެންސަލްކޮށްފައެވެ.

ފިޗުން ރާއްޖޭގެ ރޭޓިން ދަށްކުރީ ކުރީ ސަރުކާރުން ނަގާފައިވާ ލޯނުތަކުގެ ސަބަބުން ކަމަށް ފިޗުން ބުނެފައިއެވެ.

ސަރުކާރުން ވަނީ ރޭޓިން ދަށްކުރިނަމަވެސް ހަރުދަނާ ފިޔަވަޅުތަކަކާއި އެކު ރާއްޖޭގެ ހާލަތު ރަނގަޅު ކުރެވޭނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.